ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކ ަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ވީއައިއޭގެ ކެޕޭސިޓީ އިތުރު ކުރަން ފެށި ބޮޑު މަޝްރޫއުގައި ހިމެނޭ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނު އިރު އޮތީ ހުއްޓިފައި ކަމަށެވެ. އެ މަސައްކަތް އަލުން ފަށަން ފަންޑިން އޭޖެންސީތަކާއި ވާހަކަދައްކައިގެން އިތުރަށް ސޮއިކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އާ ޓާމިނަލަކީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ފަސިންޖަރު ޓާމިނަލް ތަރައްގީ ކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ.
އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް މިތަނުގައި ހުންނާނެއެވެ. އާ ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފްބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ގާއިމް ކުރެވޭނެ އެވެ.
ރައީސް ޔާމީން އަބްދުލްގައްޔޫމްުގެ ސަރުކާރުގައި ފެށި ވީއައިއޭއަ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގްރޫޕާއި ހަވާލު ކޮށްގެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް