ބޮލީވުޑްގެ ތަރި އާމިރް ހާންގެ ދޮށީ ދަރިފުޅު އައިރާ ހާން އެންގޭޖްވެއްޖެ އެވެ.
އައިރާ އެންޖޭޖްވެފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނޫޕޫރް ޝިކާރޭ އާއި އެވެ. އެ ހަފްލާ އޮތީ ރޭގައި އެވެ.
މި ހަފްލާގައި އައިރާގެ މަންމަ އަދި އާމިރުގެ ކުރީގެ އަންހެނުން ރީމާ ދައްތާ އާއި ދެ ވަނަ އަނބިމީހާ ކިރަން ރާއޯ ބައިވެރިވި އެވެ. އަދި މިހާރު ހުސްކޮށް ހުރި އާމިރުގެ އާ ލޯބިވެރިޔާ ކަމަށްބުނެ މިދޭތެރެއިން އަޑުފެތުރުނު ފާތިމާ ސަނާ ޝެއިހް ބައިވެރިވި އެވެ.
އާމިރުގެ އާއިލާގެ ގިނަ ބަޔަކު މި ހަފްލާގައި ބައިވެރިވެ އުފާ ފާޅުކޮށްފައިވެ އެވެ.
https://twitter.com/alokbha59102427/status/1593599743678377984
އައިރާ އެންގޭޖްވި ނޫޕޫރަކީ ސެލެބްރިޓީ ފިޓްނަސް ޓްރެއިނަރެކެވެ. އެ ދެމީހުން ރައްޓެހިވީންސުރެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް ހަދަ އެވެ.
އާމިރުގެ ދަރިފުޅުގެ އުފަލުގައި ބައިވެރިވި އިރު މިދިޔަ ހަފްތާގައި އޭނާ ވަނީ ދޮޅު އަހަރަށް ފިލްމީ ދާއިރާ އާއި ދުރަށް ދިޔަކަން އިއުލާނުކޮށްފައި އެވެ. އޭނާ ކުޅެން އެއްބަސްވެފައި އޮތް ހަމައެކަނި ފިލްމު "ޗެމްޕިއަން" ވެސް ނުކުޅެ ދޫކޮށްލާފައިވާ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް