ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް13 ކިލޯގެ ޑްރަގުގެ މައްސަލައިގަ ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
މި އޮޕަރޭޝަން ހިންގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި އާއި މާލޭގައި އެވެ. މި އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ ދިވެހި ހަ ފިރިހެނުން ކަމަށެވެ. އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް މާލެ އާއި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ މައްސަލައިގަ12 މީހުން ހައްޔަރު ކުރި އޭގެ ތެރޭގައި ފިލްމީ ތަރިންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް