ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ރޭ މަގުމަތިން ބަޔަކު ދިން ހަމަލާ ޖުމްހޫރީ ޕާޓީ އާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކުށްވެރި ކުރައްވައިފި އެވެ.
ޝިމާޒަށް ދިން ހަމަލާގެ ތަފްސީލެއް ނުލިބެ އެވެ. އޭނާ ނިސްބަތްވާ އެމްއާރުއެމްއިން ވަނީ ޝިމާޒަށް މަގުމަތިން ބަޔަކު ހަމަލާދިންކަން ކަށަވަރު ކޮށްދީފައި އެވެ.
އެ ހަމަލާ ދިނުމާއި ގުޅިގެން ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނުފޫޒު ފޯރާގޮތަށް އަމަުކޮށް، އެ ކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކަކީ އަބުރުކަތިލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޝިމާޒަށް ހަމަލާދިން ކަމަށްވާނަމަ އެކަން ޖޭޕީން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ މައްސަލައިގަ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށް ވިދާޅުވި އެވެ.
ޝިމާޒުގެ ކޮރަޕްޝަން މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުކޮށް ބަލާ މައްސަލަތަކެކެވެ. މިނިސްޓަރު ނަހުލާ ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްދިނުމށް ރައީސަށް ދަންނަވާފައި އެވެ.
އެކަމަށް އަދި ފިޔަވަޅެއް އަޅާފައި ނުވާއިރު ޝިމާޒް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް