2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ގަތަރުން ވަނީ އެގައުމަށް ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފުޓްބޯޅަ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ތަފާތު ގޮތްގޮތައް ގަތަރުގެ އެކި ހިސާބުތައް ޒީނަތްތެރިކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަގެ ޙަދީޘް ޙަދީޘްފުޅުތައް ބޮޑެތި ބޯޑުތަކުގައި ލިޔެ، އެންމެނަށް ވެސް ފެންނާނޭހެން ގަތަރުގެ މަގުތަކުގައި ހަރުކޮށްފައި ހުރުމެވެ.
ގަތަރުން ބުނާ ގޮތުގައި މާތް ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަالله ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތައް ފެންނާނޭހެން ބޯޑުތަކުގައި ހަރުކޮށްފައި ހުރުމުގެ މަގުސަދަކީ ގަތަރަށް ވޯލްޑް ކަޕް ބަލަން އަންނަ ފަރާތްތަކަށް އިސްލާމްދީން ތައާރަފް ކުރުމެވެ. އަދި އިސްލާމް ދީނުގެ މާތްކަމާއި ފުރިހަމަ ކަން އަންގައިދިނުމެވެ.
ގަތަރުގެ އާންމުން އެއްވެ އުޅޭ ހިސާބުތަކުގައި ބަހައްޓާފައިވާ މި ބޯޑުތަކުގައި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކާއި އެ ބަސްފުޅުތަކުގެ މާނަ އިނގިރޭސި ބަހުން ލިޔެވިފައިވެއެވެ. މި ބޯޑުތަކުގައި ލިޔެވިފައިވާ ޙަދީޘް ބަސްފުޅުތަކުގެ ތެރޭގައި ހެޔޮކަންކަމަށް މަގުދައްކައިދޭ ޢިބުރަތްތެރި ޙަދީޘް ބަސްފުޅުތައް ހިމެނެއެވެ. އެގޮތުން އިނގިރެސި ބަހުން ލިޔެވިފައިވާ ބައެއް ޙަދީޘްތަކުގެ މާނާގައި، "Every good deed is a charity”, އަދި “He who is not merciful to others, will not be treated mercifully”, and “Guard yourselves from Hellfire”.މިހެންލިޔެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް