ގަތަރު ވޯލްޑް ކަޕް ފެށެން އެންމެ ދުވަހެއް، މުބާރާތް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުން

އާދީއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު، ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ "ފީފާ ވޯލްޑް ގަތަރު 2022" ގަތަރުގައި ފެށެން ކުޑަތަން ވެފައިވާއިރު، މި މުބާރާތުގެ...

19 Nov 2022 | 05:37

އާދީއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު، ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ "ފީފާ ވޯލްޑް ގަތަރު 2022" ގަތަރުގައި ފެށެން ކުޑަތަން ވެފައިވާއިރު، މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރަސްމީކޮށް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.

މި މުބާރާތުގެ ހުޅުވުމުމުގެ ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުމަށް ހަމަޖެހިފައިވާއިރު، ހުޅުވުމުގެ ރަސްމިއްޔާތުގެ ޑްރެސް ރިހާސަލް ވެސް މިހާރު ވަނީ ގަތަރުގައި ބާއްވާފައެވެ. އަދި އެ ރިހާސަލްގެ ބައެއް ވީޑިއޯތައް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

ޝޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މި ރިހާސަލް ވީޑިއޯގައި ގަތަރުގެ އިސްލާމީ ސަޤާފަތުގެ ބައެއް މަންޒަރުތަކާއި ކުޑަކުދިން ޤުރުއާން ކިޔަވާ މަންޒަރު ފެނިގެންދެއެވެ. އަލް ތުމާމާ ސްޓޭޑިއަމުގައި ހުކުރު ދުވަހު، ކުރިޔަށް ގެންދިޔަ މި ރިހާސަލް އަށް ދުނިޔޭގެ ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިގެން ގޮސްފައެވެ.

ގިނަ ގޮންޖެހުންތަކަކާއި އެކުވެސް އިސްލާމީ އުސޫލުތަައް ދޫކޮށް ނުލާ ގަތަރުން ވޯލްޑް ކަޕަށް ތައްޔާރީތައް ވަމުން އަންނަ އިރު، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމުގެ ޝިއާރުތަކާ އަދި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބުއިންތައް ވިއްކުން ފަދަ ކަންކަން ގަތަރުން ވަނީ މަނާކޮށްފައެވެ.

މާދަމާރޭ ގަތަރުގައި ވޯލްޑް ކަޕް ފެށިގެން ދާއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި އިކުއެޑޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް