ނަޝީދާއި ސުވާލު ކުރުމުގެ ހަ ވަނަ ޕްރޮގްރާމް އަންނަ މަހު އެކެއްގައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިޔަށް ގެންދާ "އާސްކް ސްޕީކާ"ގެ ހަ ވަނަ ޕްރޮގްރާމް އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެ ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ އެއް ވ...

19 Nov 2022 | 05:15

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިޔަށް ގެންދާ "އާސްކް ސްޕީކާ"ގެ ހަ ވަނަ ޕްރޮގްރާމް އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. ރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާމެދުވެރިކޮށް އެ ޕްރޮގްރާމް ދުރަށް ދައްކާނެ އެވެ.

މަޖިލީހުން ބުނީ އެ ޕްރޮގްރާމްގައި ކުރިއެކޭ އެއްގޮތަށް އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސުވާލުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބުދެއްވާނެ ކަމަށެވެ. ނަޝީދާއި ސުވާލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

އެގޮތުން  ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި ފޯނުން ވީޑިއޯ ކުރުމަށް ފަހު އާއި މެސެޖް ކޮށްގެން ވެސް ސުވާލު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖް ކޮށްގެން ވެސް ސުވާލު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް