މި އަހަރުގެ "ރަންނަމާރި ޗެލެންޖު 1443" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް

ސަރފިންގ އެސޯސިއޭޝަން އިން ބާއްވަމުން އަންނަ ޤައުމީ ރާޅާ އެރުމުގެ މުބާރާތް "ރަންނަމާރި ޗެލެންޖު" ގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ. މިއީ ރާއްޖޭގައި ބާއްވާ އެން...

19 Nov 2021 | 18:36

ސަރފިންގ އެސޯސިއޭޝަން އިން ބާއްވަމުން އަންނަ ޤައުމީ ރާޅާ އެރުމުގެ މުބާރާތް "ރަންނަމާރި ޗެލެންޖު" ގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރާޅާ އެރުމުގެ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ ކުޅަދާނަ ރާޅާ އެރުންތެރިން ބައިވެރިވާނެއެވެ. އަދި މި  މުބާރާތުގެ ގޯލްޑް މެޑަލް ހާސިލުކުރާ ފަރާތަކީ ރާޅާއެރުމުގެ ޤައުމީ ޗެމްޕިއަން ކަމުގައި ކަނޑައަޅާނެ އެވެ.

ރަންނަމާރި ޗެލެންޖު 1443 ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިއަހަރުގެ މި މުބާރާތުގައި 25 ރަށަކުން 102 ރާޅާ އެރުންތެރިން ބައިވެރިވާނެ އެވެ. އަދި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 22 އިން 30 ގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިންގ ސިސްޓަމެއް ބޭނުންކުރުމުގެ ޝަރަފު ލިބޭނެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިއްބަވާނީ އިންޓަރނޭޝަނަލް ސަރފިންގ އެސޯސިއޭޝަން ސެޓިފައިޑް ދިވެހިން ނެވެ.

މި މުބާރާތް އިންތިޒާމް ކުރަން ހަމަޖެހިފައިވަނީ ސަރފިން އެސޯސިއޭޝަނާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ނެވެ.

މޯލްޑިވްސް ސަރފިން އެސޯސިއޭޝަނުން އިއްޔެ ވަނީ އުރީދޫއާއެކު މި އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް