ހއ. އަތޮޅުން ފެށިގެން ސ. އަތޮޅަށް ހުރިހާ ރަށެއްގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ނައިބު ރައީސް

ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ އެއްވެސް ރަށެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ހއ. ހޯރަފުއްޓަށް ވަޑައިގެ...

19 Nov 2021 | 14:35

ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ އެއްވެސް ރަށެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގަނީ، ގަދަ ކަނޑުގައި ދަތުރުނުކޮށް ރަށުގައި ތިބެގެން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

އެމަނިކުފާނި ވިދާޅުވީ މިއަދު ރައްޔިތުން އުޅެނީ ހަމަޖެހިގެން، ބިރުވެރިކަމެއް ނެތި ކަމަށާއި އޮންނަ ހުދޫދުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކޭ ކަމަށެވެ. އަދި މަގުތަކަށް ނިކުމެވޭކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއަދު ރައްޔިތުން ބޭނުންވާ ބަސް ބުނެ، ޓްވީޓްކޮށް، ފޭސްބުކްގައި ލައިކް ޖެހުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވި ގޮތަކީ މިއީ ކަމަށެވެ.

މީގެ 3 އަހަރު ކުރިން އެމަނިކުފާނަށް ވެސް އޮތޯ ޓެރަރިޒަމްގެ ދައުވާ ކުރިކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކު ވެސް މީހަކާ ދިމާލަށް ބާރަށް ބަހެއް ނުބުނާ ތަނުގައި މީހަކަށް ދިމާލަށް ބުނަން ނުވާ ވަރުގެ އެއްޗެއް ބުނި މީހެއް ވެސް ނޫން ކަމަށެވެ.

"ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް، ކިރިޔާވެސް ޚިޔާލު ފާޅުކުރި މީހެއް ކަމަށްވާނަމަ އޮންނަން ޖެހުނީ ޖަލު ގޮޅީގަ. ރާއްޖެއަށް 30 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅާއާއި، ޒަމާނީ ޑިމޮކްރެސީ ގެންނަން މަސައްކަތް ކުރެއްވި ބޭފުޅާގެ އިތުރުން ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެ، އެތައްބައެއްގެ މަގަދު ގާރެއްގެ ގޮތުގައި ހުންނެވި ބޭފުޅާ ހުންނެވި ކޮންތާކުތޯ. ހެޔޮ ބަހެއް ނުވަތަ ހެޔޮ ނަސޭހަތެއް ދިން މީހާވެސް ހުންނަން ޖެހުނީ ޖަލުގަ." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް