ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްޤީ ކުރުން މަޑުޖައްސާލަން ހައި ކޯޓުން ވެސް ތާއީދު ކޮށްފި

ކ. ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް  އިއްޔެ ހައި ކޯޓުން ނިންމި ހުކުމުގައި ތާއީދުކޮށްފި އެވެ. ސިވިލް ކޯޓުން ދިއްފުށީ ފަޅުގައި ކު...

19 Nov 2021 | 14:03

ކ. ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް  އިއްޔެ ހައި ކޯޓުން ނިންމި ހުކުމުގައި ތާއީދުކޮށްފި އެވެ.

ސިވިލް ކޯޓުން ދިއްފުށީ ފަޅުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އަމުރު ނެރެފައިވަނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް 2015 ވަނަ އަހަރު އެ ފަޅު ކުއްޔަށް ދީފައި ވަނިިކޮށް 2017 ގައި ސަރުކާރުން އެތަން އަތުލި މައްސަލާގައި އޭނާ ސަރުކާރާއި ދެކޮޅަށް ދައުވާ ކުރުމުން ނެވެ.

އެގޮތުން ހާމިދުގެ ފަރާތުން އެ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިމެންދެން އެތަނުގެ މަސައްކަތްތައް ހުއްޓާލުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައި ވުމުން އެ ކޯޓުން މިދިޔަ އަހަރު އެންގީ އެތަނުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ ނުދިނުމަށާއި އެތާގައި އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

އެހެންކަމުން އިއްޔެ ހައިކޯޓުން ކުރި ހުކުމުގައިވަނީ އެއްބަސްވުން ބާތިލް ކުރިއިރު ފަސްހެކްޓަރުގެ ބިން ވިޔަފާރިޔާ ހާމިދުގެ ޚަރަދުގައި ދިއްފުށީ ފަޅުގައި ހިއްކާފައިވާ ކަމަށް ހާމިދު ބުނާއިރު، ސަރުކާރުގެ ފަރާތުން އެކަން ދޮގު ނުކުރާ ކަމުގައި ހާމަ ކޮށްފައި ވެއެވެ.

މީގެއިތުރުން ސަރުކާރުން އެހެން ބަޔަކަށް ދިއްފުށީ ފަޅު ކުއްޔަށް ދީފައިވާ ކަމުގައި ހާމަ ކުރިއަސް ކުށްޔަށް ދިން ފަރާތުން ދިއްފުށީ ފަޅުގައި  އެއްވެސް މަސައްކަތެއް ކުރާކަން ދައުލަތުގެ ބަހުން އެނގެން ނެތް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަަބެއް ނެތް ކަމުގައި ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް