މިސްކިތްތަކަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި ޒިޔާދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިސްކިތްތަކަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އިބްރާހިމް މިސްކިތަށް އަރައި ޚަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 40 އަހަރުގ...

19 Nov 2021 | 10:41

މިސްކިތްތަކަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިބްރާހިމް މިސްކިތަށް އަރައި ޚަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 40 އަހަރުގެ ހަސަން ޒިޔާދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

އޭނާ ވަނީ ރައީސް އޮފީސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިއުމާއި ގުޅިގެން ވެސް ކުރިން ހައްޔަރުކޮށްފަ އެވެ. އަދި އެމައްސަލައިގާ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިނަމަވެސް އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލާފައި ހުރުމުގެ ސަބަބުން ޢާންމުންގެ ފާޑުކިޔުންތައް ކަމާއިބެހޭ އިދާރާތަކަށް އަމާޒުވަމުން ދަނިކޮށް މިމަހުގެ 7 ވަނަ ދުވަހު އޭނާ ވަނީ މާލޭގެ މަސްޖިދުލް އިބްރާހިމް މިސްކިތަށް ވަދެ، ޚަތިމަކަށް ކުޅުޖަހާފަ އެވެ.

މިކަން ހިނގި ވަގުތު އެ މިސްކިތުގައި ތިބި މީހުން ވަނީ ޒިޔާދު ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޒިޔާދުގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ. އަދި އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން މީސްމީޑިޔާގައި ޒިޔާދުގެ ވާހަކަތައް ދެކެވެމުންދާއިރު، ބައެއް މީހުން ވަނީ އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެެެހންނަމަވެސް ޒިޔާދަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ނޫންކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް