މޯލްޑިވްސް ލިވިންގ އެކްސްޕޯ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.
މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.
މި އެކްސްޕޯ އިންތިޒާމުކޮށްފައިވަނީ ޕަބްލިކޭޝަން އަދި ޕީއާރް ދާއިރާ އާއި އިވެންޓް މެނޭޖްމެންޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުނި ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން ނެވެ.
މި އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި މެލޭޝިއާގެ ޕްރޮޕަޓީ އެންޑް ރެސިޑެންސް ކުންފުނި ލިންބާގާއި ރާއްޖޭގެ ރިއަލް އެސްޓޭޓް ކުންފުނި އެކުއާވިޓަރ ރެސިޑެންސާޒް އަދި އާރުސީސީ- ކްރީކް ވިއު ހިމެނެ އެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގައި އެސްޓީއޯ، ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެލައިޑް އިންޝުއަރެންސް އާއި ރެއިންބޯ ފަދަ ކުންފުނިތައް ވެސްވަނީބައިވެރިވެފަ އެވެ.
މާދަމާގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާ އިރު، މިއަދާއި މާދަމާ، ހަވީރު 4:00 އިން ރޭނގަޑު 10:00 އަށް މި އެކްސްޕޯ ކުރިއަށް ދާނެ އެވެ.
ލިވިން އެކްސްޕޯއަކީ ގެދޮރުވެރިކަމާއި ގުޅޭ ތަފާތު އެކި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކާއި، އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއް ތަނަކުން ބައްދަލުކުރެވޭނެހެން ބާއްވާ އެކްސްޕޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް