އިސްލާމީ ވަޙްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

އިސްލާމީ ވަޙްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. "އިސްލާމީވަޙްދަތާއި އެއްބައިވަންތަކަމުގެ މައްޗަށް" ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނެފައިވަނީ އިސްލާމީ ...

19 Nov 2021 | 08:21

އިސްލާމީ ވަޙްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

"އިސްލާމީވަޙްދަތާއި އެއްބައިވަންތަކަމުގެ މައްޗަށް" ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭ ވަރުގެ ގާބިލުކަން، އިސްލާމީ އުއްމަތުގެ ވަޙްދަތުގަޔާއި އެއްބަނޑު އެއްބަފާކަމުގެ ގެތުންތަކުގައި އެބަހުރި ކަމަށެވެ.

މިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަޙްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށާއި އެކަމަށް ބޭނުންވާ އީމާންކަމުގެ އިޙްސާސްތަކާއި، ޝުޢޫރުތައް ހަރުދަނާ ކުރުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

"މުސްލިމުންގެ އެއްބައިވަންތަކަމާއި އިސްލާމީ އުޚްވަތްތެރިކަން ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ދެވަނަ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހިތްތަކުގައި އޯގާތެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދައި، އެއަށް ފެންދީ ހައްދައި ބޮޑު ކުރުމަށް މަސައްކަތް ކުރުން. މިކަމާ އަރައިރުން ވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުން." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީން ވަނީ އައުސާއި ޚަޒްރަޖާ ދެމެދުގައި އޮތް ހަތުރުވެރިކަމާއި ނޭއްްގާނީކަމުގެ އަލިފާންގަނޑު ނިއްވާލައި އަލިފާނުގެ ވަޅުގަނޑެއްގެ ތުންފަތްމަތިން އިސްލާމީ އުއްމަތް ދުރަށްލައި ސަލާމަތް ކޮށްފައި ކަމަށާއި މިއަދު ވެސް މުސްލިމުންނަށް މިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް