ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުން: ރައީސް ސޯލިހު

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ...

19 Nov 2021 | 06:50

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމު ދިނުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން ސަރުކާރުން ހުޅުވާލި، ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމާއި 2019 ވަނަ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި މުޅިން އަލަށް ތަޢުލީމުގެ ޤާނޫނަކާއި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނެއް އެކުލަވާލައި މި އަހަރުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ޔުނެސްކޯ އެހީގައި އެކުލަވައިލި އައިސީޓީ މާސްޓަރ ޕްލޭނަށް ވެސް މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޢަމަލުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން, ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި ތަޢުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް