ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފ...

19 Nov 2021 | 06:28

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށްޓަށެވެ. އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އަދި ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވާ، ހޯރަފުށީ އެއަރޕޯޓްގެ އަހަރީދުވަހަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ އެވެ.

މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާ، ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަންނާއި ދައުލަތުގެ ބައެއް މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް