ކުޑަކުދިންގެ ވާހަކަފޮތް "ބޮސް އޮފް މައި ބޮޑީ" މެޑަމް ފަޒުނާ އިފްތިތާޙުކޮށްދެއްވައިފި

"ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފި އެވެ. މިއީ ކުޑަކުދިންނަށް ކު...

19 Nov 2021 | 06:16

"ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފި އެވެ.

މިއީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއިން ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާޙްކުރެވުނު މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެކެވެ.

މި ފޮތް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފަ އެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުޟޫޢާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިމަނާފައި ވެއެވެ.

މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެ އެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް