އިނގިރޭސި މަޝްހޫރު ޑްރާމާ ސީރީޒް "ހައު އައި މެޓް ޔުއާ މަދާ" އަށްފަހު "ހައު އައި މެޓް ޔުއާ ފާދާ" ފަށަން ތައްޔާރުވެއްޖެ އެވެ.
"ހައު އައި މެޓް ޔުއާ ފާދާ" ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. މި ސީރީޒްވެސް ދައްކާނީ އެމެރިކާގެ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ހޫލޫ އިންނެވެ.
"ހައު އައި މެޓް ޔުއާ ފާދާ" އަކީ އިސާކް އަޕްޓޭކާ އާއި އެލިޒަބަތް ބާގާ ލިޔެ ތައްޔާރު ކުރާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފެނިލުން މިހާރު ވަނީ ދައްކާލާފަ އެވެ.
"ހައު އައި މެޓް ޔުއާ ފާދާ" އިން ފެނިގެންދާނީ އަންހެނަކު އޭނާގެ ދަރިފުޅަށް އެ ކުއްޖާގެ ބައްޕައާއި ބައްދަލުވި ގޮތް ކިޔައިދޭ ވާހަކަ އެވެ. އޭގެ ތެރެއިން މަންމަގެ ލޯބީގެ ވާހަކަތަކާއި އެކުވެރިންނާއި ކުއްޖާގެ ބައްޕަ އާއި އެކު ލޯބީގެ ގުޅުން ބާއްވަން ފަށަން ޖެހުނު ގޮތުގެ ވާހަކަ ކިޔައިދެ އެވެ.
މި ސިލްސިލާގައި ކުއްޖާގެ މަންމަގެ ރޯލުން ފެނިގެންދާނީ ހިލަރީ ޑަފް އެވެ. ދެން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ސޫރަޖް ޝަރްމާ، ފްރޭންސިއާ ރައިސާ، ޓިއޭން ޓްރެން އަދި ޓޮމް އައިންސްލޭގެ އިތުރުން ކްރިސް ލޯވެލް ހިމެނެ އެވެ.
"ހައު އައި މެޓް ޔުއާ މަދާ" ދައްކާފައިވަނީ 2005 ން 2014 ވަނަ އަހަރަށެވެ. އެ ސިލްސިލާއަކީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދި ސިލްސިލާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް