ސަރޮގޭޓްކޮށްގެން ޕްރިތީ ޒިންތާ އެއްމާބަނޑު ދެ ދަރިން ހޯދައިފި

ސަރޮގޭޓް ކޮށްގެން ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އެއްމާބަނޑު ދެ ކުދިން ހޯދައިފި އެވެ. އުމުރުން 46 އަހަރުގެ ޕްރިތީ ކައިވެނިކޮށްގެން އުޅެނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ގާނޭ ގުޑްއިނަފް އާއި އެ...

19 Nov 2021 | 02:28

ސަރޮގޭޓް ކޮށްގެން ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އެއްމާބަނޑު ދެ ކުދިން ހޯދައިފި އެވެ.

އުމުރުން 46 އަހަރުގެ ޕްރިތީ ކައިވެނިކޮށްގެން އުޅެނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ގާނޭ ގުޑްއިނަފް އާއި އެވެ. 2016 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ޕްރިތީ ދިރިއުޅެނީ އެމެރިކާގެ ލޮސް އެންޖަލިސްގަ އެވެ.

ޕްރިތީ އިންސްޓަގްރާމްގައި ބުނެފައިވަނީ އެ ދެމަފިރިން ސަރޮގެސީގެ އެހީގައި ދެ ކުދިން ހޯދާފައިވާ ކަމަށެވެ. އެ ދެ ކުދިންނަށް ކިޔަނީ ގިއާ ޒިންތާ ގުޑްއިނަފް އާއި ޖައި ޒިންތާ ގުޑްއިނަފް އެވެ.

ޕްރިތީ ބުނީ ދެމީހުންގެ ދިރިއުޅުމަށް އިތުރުވި އާ ދެ މެމްބަރުންނާއި އެކު އުފަވެރި ދުވަސްތަކެއް ހޭދަ ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ވަނީ ސަރޮގޭޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ސަރޮގޭޓު ކުރުމަކީ ދެމަފިރިކަމުގެ ގުޅުން ނުހިންގާ އަންހެނެއްގެ ރަހިމަށް ދަރިފަނި ލައިގެން އެމީހާގެ އެހީގައި ކުދިން ހޯދުމެވެ.

ޕްރިތީގެ އިތުރުން މި ފަހުގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި ގިނައިން ދަރިން ހޯދަމުން ދަނީ ސަރޮގަސީގެ އެހީގައި އެވެ. އޭގެ ތެރޭގައި ޝާހްރުކް ހާން، ކަރަން ޖޯހަރު، ތުޝާރް ކަޕޫރު، ޝިލްޕާ ޝެޓީ އަދި ޝްރެޔާސް ޓަލްޕަޑޭ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް