އދ. ގެ އާންމު މަޖިލިހުގެ ރައީސްގެ މަޤާމުގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ވަޒީފާގައި ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާއިން ހާރިޖީ ވަޒީރުގެ މުސާރަ ނަގަނީ ލަދެއް ނެތުމުން ކަމަށް ކުރީގެ ރައީސް ޔާމީން ދައުރުގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައިމިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ހުންނެވީ ޤާނޫނާއިި ޚިލާފުވެފައި ކަމަށް ކަނޑައަޅައި މަޤާމުން ވަކި ކުރަން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނޭ ކަމުގައި ޑީއާރުޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޤާނޫނީ ޚާރިޖީ ވަޒީރެއް ރާއްޖޭގައި މިހާރަކު ނެތް ކަމަށެވެ.
ޤާނޫނު އަސާސީއާ ޚިލާފަށް ޝާހިދު އދ. ގައި ހުންނަވާއިރު ދިވެހި ރައްޔިތުންގެ ފައިސާއިން އެހެން ތަނެއްގެ ވަޒީފާގައި ހުރެމެ، ޚާރިޖީ ވަޒީރުގެ ނަމުގައި މުސާރަ ނަގަނީ ލަދެއް ނެތުމުން ކަމުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް