ކުރިން މި ސަރަހައްދުގައި އުފެދުނު ތޫފާނެއް ކަމުގައިވާ ތޫފާން "ފަނި" އުފެދުނު ދުވަސްވަރުގެ މަންޒަރެއް-
އިންޑިއާގެ ކަނޑުގެ ތޫފާނީ ސީޒަން ފެށިފައިވާއިރު މިހާރުވެސް
އިންޑިއާގެ ދެ ބިތުގައި ދެ ކޮޅިގަނޑު އުފެދި ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފިއެވެ.
އިންޑިއާގައި ގާއިމުކޮށްފައިވާ ސަރަހައްދީ
މޫސުމާއިބެހޭ އިދާރާގެ މިއަދުގެ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި އެއް
ކޮޅިގަނޑު އުފެދިފައި ހުރީ އަރަބި ކަނޑުގައި މަލިކު މަތީގައެވެ.
އެ ކޮޅިގަނޑުގެ ދަރަޖަ މިހާރު ހުރީ "ވެލް-މާކްޑް
ލޯ ޕްރެޝަރ"އެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް 24
ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑުގެ ބާރު ގަދަވެ "ޑިޕްރެޝަން" އަކަށް
ބަދަލުވާނެ ކަމަށް ބުނެފައިވެއެވެ. ކޮޅިގަނޑުގެ މިސްރާބު ހުރީ ހުޅަނގު ދެކުނަށް
ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ބަންގާޅު ކަނޑުގައިވެސް ވަނީ
ކޮޅިގަނޑެއް އުފެދިފައެވެ. އެ ކޮޅިގަނޑުގެ ދަރަޖައަކީ "ލޯ ޕްރެޝަރ" އެވެ.
އެ ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވެ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި "ޑިޕްރެޝަން"
އަކަށް ބަދަލުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި އާންމުގޮތެއްގައި
ތޫފާނީ ސީޒަން ދެމިގެންދަނީ އޮކްޓޯބަރުން ޑިސެމްބަރަށެވެ. މޫސުން ދިރާސާކުރާ
ފަރާތްތަކުން ބުނެފައިވާގޮތުގައި މި އަހަރުގެ ތޫފާނީ ސީޒަން މި މަހުގެ 15ގައި ވަނީ
ފެށިފައެވެ. އެގޮތަށް އެ ބަލަނީ މި އަހަރުގެ ފުރަތަމަ ތޫފާން ކަމުގައިވާ ތޫފާން
"ޝަކްތީ" މި މަހުގެ ކުރީކޮޅު އުފެދިފައިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް