ވަގަކު އަތުލައިގަތުމުން ބުނީ ޖެހިގެން ހުރި ގޭ ފުރާޅު ޓިނު ބަދަލު ކުރަނީ ކަމަށް !

ވައްކަން ކުރުމުގައި އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހަކު އަތުލައިގަތުމުން، ޖެހިގެން ހުރިގޭ ފުރާޅު ޓިނު ބަދަލުކުރަން އުޅުނީ ކަމަށް ބުނެފިއެވެ. 24 އަށްވުރެ ގިނަ ފަހަރު މީގެ ކުރިން ބަންދުކޮށްފައިވާ، ހޯރަފ...

19 Oct 2024 | 14:44

ވައްކަން ކުރުމުގައި އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހަކު އަތުލައިގަތުމުން، ޖެހިގެން ހުރިގޭ ފުރާޅު ޓިނު ބަދަލުކުރަން އުޅުނީ ކަމަށް ބުނެފިއެވެ.

24 އަށްވުރެ ގިނަ ފަހަރު މީގެ ކުރިން ބަންދުކޮށްފައިވާ، ހޯރަފުއްޓަށް ނިސްބަތްވާ 39 އަހަރުގެ އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވާގޮތުގައި ވައްކަން ކުރަން ވަތްން މީހަކު ހިފަހައްޓައިގެން އުޅޭކަމަށް ޓޯކީން ގޮވައި މައުލޫމާތު ދިނުމުން ސީނަށް ގޮސް މައުލޫމާތު ސާފުކުރުމުން އެތަނުގައި ތިބި މީހުން އެމީހާގާތު ސުވާލު ކުރުމުން ކައިރީގައި ޖެހިގެން ހުރި ގޭގެ ފުރާޅޫ ޓިނު ރަނގަޅު ކުރަން އުޅުނު ކަމަށް ބުނި ކަމަށާއި އަދި ފުލުހުން ސުވާލު ކުރުމުން އޭނާގެ ފޯނު ފުރާޅު މައްޗަށް ވެއްޓިގެން އެ ނަގަން އެރީކަމަށްވެސް ބުނެފައިވެއެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއްކަން ފާހަގަކޮށް ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި 24 ފަހަރު ހައްޔަރުކޮށް 15 ފަހަރު ބަންދަށް ބަދަލުކޮށްފައިވާކަން އޭނާގެ ހައްޔަރު / ބަންދު ލޮގަށް ބެލުމުން އެނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް