ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވޭޕް ބޭނުން ކުރުން މަނާ ކުރުމާއި އެކު ސިނގިރޭޓުގެ ޑިމާންޑު އުފުލިގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ވޭޕް މަނާ ކުރުމުން ސިނގިރޭޓްގެ ޑިމާންޑް ބޮޑު ވަނީ ކީއްވެ؟
ގިނަ ތަޖުރިބާކާރުން ބުނާގޮތުގައި ވޭޕްގައި ހިމެނޭ ނިކޮޓިން އަކީ އެއަށް ދެވި ހިފުމަށް މަގުފަހި ކޮށްދޭ ސަބަބެކެވެ. އަދި ސިނގިރޭޓަށް ވުރެން ވޭޕުން ލިބޭ ގެއްލުން ވެސް ވަކި ކުޑައެއް ނޫނެވެ. ކަން މިހެން އޮތް އިރު ވޭޕް ފަދަ ދެވިހިފާ ބާވަތެއް މަނާ ކުރުމުން އޭގެ ބަދަލު "އަލްޓާނިޓިވް" އެއްގެ ގޮތުގައި ވޭޕް ބޭނުންކުރާ ފަރާތްތައް ހިޔާރުކުރާނީ "ސިނގިރޭޓު ނުވަތަ ބިޑި" އެވެ.
މީގެ ސަބަބުން ސިނގިރޭޓަށް ޑިމާންޑު ބޮޑުވެ ސިނގިރޭޓު ބޭނުންކުރާ މިންވަރު އިތުރު ވާނެ ކަމަށް ބެލެވެއެވެ.
ކަން މިހެން އޮތް އިރު ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް މަސައްކަތް ތަކެއް ފަށާފައެއެވެ.
އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ސެޕެސިފިިކް ރޭޓާއި އެޑްވަލޮރެމް ރޭޓު ބޮޑު ކުރުމަށް ރައީސް ޑރ މުއިއްޒު ވަނީ ނިންމާފައެވެ. މީގެ އިތުރުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓާ ޕްލޭންއެއް އެކުލަވާލުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
މި މާސްޓާޕްލޭން އަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ފާހަގަކުރެވޭ ފަދަ ރަގަނޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭންއެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް