ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރި " ޕުސްޕާ ކުމަރަ" ބޯޓު ދައުލަތައް ނެގުމަށް އަމުރުކޮށްފިއެވެ.
ސްރީލަންކާގެ ބޯޓެއް ކަމަށްވާ މި ބޯޓު ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިޖަްނ ކޮށްފައިވާތީ އެ ބޯޓުގެ ވެރިފަރާތް، ތަމަންތާ ރުކުމަލް ޕެރޭރާ ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ޖޫރިމާނާގެ ފައިސާ އޭނާ ދައުލަތައް ދައްކާފައި ނުވާތީ އެ މައްސަލަ ފިޝަރީޒް މިނިސްޓްރީން ވަނީ ސިވިލް ކޯޓަށް ހުށަހަަޅާފައެވެ.
ސިވިލްކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފައިވަނީ ޕެރޭރާގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަާއި، ޖޫރިމަނާ ފައިސާ މި މަހުގެ15 ވަނަ ދުވަހުން ފެށިގެން30 ވަނަ ދުވަސް ތެރޭގައިި ދައްކަން އަންގާ ކަމަށެވެ.
އަދި "ޕުސްޕާ ކުމަރަ" ބޯޓު ދައުލަތަށް ނެގުމަށްވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަގަށް މަސްވެރިކަން ކުރުމަށް ބޯޓު ފަހަރު ވަނުމަކީ އާއްމު ކަމެކެވެ. މިދިޔަ2023 ވަނަ އަހަރު އޮކްޓޯބަރު މަސްތެރޭގައި ވެސް ވަނީ ލަންކާގެ ފަސް ބޯޓެއް އަތުލައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް