ލުބުނާނުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް ކާމިޔާބު ޑްރޯން ހަމަލާއެއް ދީފިއެވެ.
މީގެ 30 ވަރަކަށް މިނެޓު ކުރިން ދިން އެ ހަމަލާއާއި ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ނެތް ނަމަވެސް އެ ހަމަލާ ސީދާ ނަތަންޔާހޫގެ ގެއަށް އަމާޒުވި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް އެ ހަމަލާ ދިންއިރު ނަތަންޔާހޫ އާއި އޭނާގެ އާއިލާ އެ ގޭގައި ނެތް ކަމަށާއި ހަމަލާގައި މީހަކު ޒަޚަމް ނުވާކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލުބުނާނުން އިސްރާއީލަށް އެއް ވަގުތެއްގައި ޖުމުލަ ތިން ޑްރޯން ހަމަލާއެއް ފޮނުވާލިއެވެ. 70 ކިލޯމީޓަރު ދުރުން ފޮނުވާލި އެ ތިން ޑްރޯން ހަމަލާގެ ތެރެއިން ދެ ހަމަލާ ނާކާމިޔާބުކޮށްލެވުނު ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް