ރިޝްވަތުގެ ތުހުމަތެއްގައި ޕެރިސް 2024 އޮލިމްޕިކްސްގެ މައި މަރުކަޒާއި އިވެންޓް މެނޭޖްމަންޓް ފާމްތައް ބަލައި ފާސްކުރުމަށް ފުލުހުން ރެއިޑް ޖަހައިފިއެވެ.
އެ ގައުމުގެ ގައުމީ މާލީ ވަކީލަކު އިސްވެ ހުންނަވައިގެން ބުދަ ދުވަހު އެ ގައުމުގެ އޮލިމްޕިކް ހެޑްކުއާޓާސް ބަލައި ފާސްކޮށްފައިވާ ކަމަށް ޕެރިސް 2024 އޮލިމްޕިކްސް އިންތިޒާމްކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހު ވަނީ މީޑިއާތަކަށް ބުނެފަ އެވެ.
ޕެރިސް 2024 އިން ނެރުނު ބަޔާނެއްގައި ބުނީ ނޭޝަނަލް ފައިނޭންޝަލް ޕްރޮސެކިއުޓަރު އެ ޖަމިއްޔާގެ ހެޑްކުއާޓަރަށް ޒިޔާރަތްކޮށް އެދުނު ހުރިހާ މައުލޫމާތެއް ދީފައިވާނެ ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބާރު އަޅާފަ އެވެ.
އަދި ޕެރިސް 2024 އިން އަބަދުވެސް ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވަނީ ބުނެފައެވެ.
ޝަރުއީ ދާއިރާގެ މަސްދަރަކުން ބުނި ގޮތުގައި މާލީއިދާރާގެ އިސްނެގުމަށް ފުލުހުންގެ މި ރެއިޑްތަކަކީ ގިނަ ކޮންޓްރެކްޓްތަކެއް ދިނުމުގައި "ގާނޫނާ ހިލާފަށް މަސްލަހަތު ނެގުމާއި، ފޭވަރިޒަމް އަދި ސިއްރުކުރުމުގެ" ތުހުމަތުގައި ހުޅުވި ތަހުގީގެއްގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް