ފެނަކައިން ފަށާފައިވާ މަސައްކަތެއް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކައަށް މިއަދު އަންގައިފިއެވެ.
އޭސީސީން ބުނެފައިވާގޮތުގައި އެގޮތަށް އަންގާފައިވަނީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަށް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަމުން ގެންދާތީއެވެ.
"އެ އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވާނީ އަންގާފައި" އޭސީސީން ބުނެފައިވެއެވެ.
އޭސީސީން މިފަދައިން އަންގާފައިވާއިރު ފެނަކައާއި ގުޅޭ މައްސަލައެއްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ކުރިއަށް އެބަ ދެއެވެ. އެ ބަހުސްގައި ބައެއް މެންބަރުން ފާހަގަކުރާގޮތުގައި ފެނަކައަކީ ކޮރަޕްޝަނުގެ ހާއްޔެކެވެ. އަދި އެފަދަ ކަންކަމާއި ގުޅިގެން އެ ކުންފުނި ވަނީ ބަނގުރޫޓުވާން ގާތްވެފައިކަންވެސް ބައެއް މެންބަރުން ފާހަގަކުރެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުން އިއްޔެވެސް ވާހަކަ ދެއްކީ ފެނަކައިގެ ދިފާއުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް