އެންމެ 20 ލޮރީގެ އެހީއަކީ ބޮޑު ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ މަދު މިންވަރެއް: އައިއެފްއާރްސީ

ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ 20 ލޮރީގެ އެހީއަކީ ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ މަދު މިންވަރެއް ކަމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސ...

19 Oct 2023 | 10:59

ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ 20 ލޮރީގެ އެހީއަކީ ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ މަދު މިންވަރެއް ކަމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އައިއެފްއާރްސީގެ ތަރުޖަމާނު މިއަދު ބުނެފައިވަނީ ލިބޭ ކޮންމެ އެހީއެއް މިވަގުތު ވަރަށް މުހިންމު ކަމާއެކު ބަލައިގަންނަން ތައްޔާރު ކަމަށާއި އެހެން ނަމަވެސް 20 ލޮރީއަކީ ދެ މިލިޔަނަށްވުރެ ގިނަ ރައްޔިތުންނަށް އިންތިހާ މަދު އަދަދެއް ކަމަށެވެ.

"އެއީ ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ މަދު މިންވަރު" އޭނާ ބުނެފައިވެއެވެ.

އައިއެފްއާރްސީން މިހެން ބުނެފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ރޭގައި ބުނެފައިވަނީ 20 ލޮރީގެ އެހީ މިސްރުގެ ރަފާ ބޯޑަރު ގޭޓުން ގާޒާއަށް ވެއްދުމަށް އެއްބަސްވެވިފައިވާކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެވޭނީ ހުކުރު ދުވަހު ކަމަށް ބުނެފައިވެއެވެ.

މިސްރުން ބުނެފައިވާގޮތުގައި ލަސްވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަގު ހަލާކުވެފައި ވުމުންނެވެ.

އިޒްރޭލުން ބުނެފައިވާގޮތުގައި އެ ވައްދާ 20 ލޮރީގައި ހުންނަންވާނީ ހަމަ އެކަނި ބޭހާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެއްޗެވެ. އެހެން އެއްޗެއް ވައްދައިގެން ނުވާނެކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް