އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވާނެ ގޮތަކާއިމެދު މަޝްވަރާ ކުރުމަށް ކުއްލި ދަތުރެއްގައި އުރުދުންގެ ރަސްގެފާނު މިސްރަސް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށްފައިވަނީ އުރުދުންގެ ރޯޔަލް ހައިކޯޓުންނެވެ.
އެ ކޯޓުން މިއަދު ބުނެފައިވަނީ ރަސްގެފާނު ގެ ދަތުރުފުޅަކީ ކުރު ދަތުރުފުޅެއް ކަމަށާއި މަގްސަދަކީ މިސްރުގެ ރައީސް އަބްދެއް ފައްތާހް އެލް ސީސީއާއެކު އިޒްރޭލު ހުއްޓުވާނެ ގޮތާއިމެދު މަޝްވަރާ ކުރުން ކަމަށެވެ.
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް މިހާތަނަށް އެންމެ ވަރުގަދަ ބަސްތަކެއް ބުނެފައިވާ ފަރާތަކީ އުރުދުންގެ ރަސްގެފާނެވެ. އެގޮތުން އިޒްރޭލުން އަލް-އަހްލީ ހޮސްޕިޓަލަށް ހަމަލާ ދިނުމުންވެސް އުރުދުންގެ ރަސްގެފާނު ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެހެން ނަމަވެސް އިޒްރޭލުގެ ވަށައިގެންވާ ވަރުގަދަ އަރަބި ގައުމުތަކުގެ އެއްވެސް ލީޑަރަކު އަދި އަމަލީ ފިޔަވަޅެއް މިކަމުގައި އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް