ހަމާސްގެ އިސް ދެ މެންބަރަކު މަރުވެއްޖެކަމަށް ބުނެފި – ހަމައެކަނި އަންހެން ލީޑަރު ޖަމީލާވެސް ހިމެނޭ

އިޒްރޭލުގެ ހަމަލާތަކުގައި ހަމާސްގެ އިސް ދެ ލީޑަރަކު މަރާލާފައިވާކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ. އެގޮތުން އެ ޖަމާއަތުން މިއަދު ބުނެފައިވަނީ އެ ޖަމާއަތުގެ ނެޝަނަލް ސެކިއުރިޓީ ފޯސަސްގެ ވެރިޔާ ޖެހާދު...

19 Oct 2023 | 10:26

އިޒްރޭލުގެ ހަމަލާތަކުގައި ހަމާސްގެ އިސް ދެ ލީޑަރަކު މަރާލާފައިވާކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

އެގޮތުން އެ ޖަމާއަތުން މިއަދު ބުނެފައިވަނީ އެ ޖަމާއަތުގެ ނެޝަނަލް ސެކިއުރިޓީ ފޯސަސްގެ ވެރިޔާ ޖެހާދު އެމްހެއިސަން އާއި އޭނާގެ އާއިލާ އިޒްރޭލު ވައިގެ ހަމަލާއެއްގައި މަރުވެފައިވާކަމަށެވެ.

މީގެ އިތުރުން އެ ޖަމާއަތުގެ ގޮތް ނިންމާ މައި ބިއުރޯ ކަމުގައިވާ ޕޮލިޓިކަލް ބިއުރޯގައި ހިމެނޭ ހަމަ އެކަނި އަންހެން މެންބަރު ޖަމީލާ އަލް-ޝާންތީވެސް އިޒްރޭލު ވައިގެ ހަމަލާއެއްގައި މަރުވެފައިވާކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.

ޖަމީލާ އަކީ ހަމާސްގެ ކޯ ފައުންޑަރ އަދި ކުރީގެ ލީޑަރު އަބްދުލް އަޒީޒް އަލް-ރަންތީސީގެ ހުވަފަތް އަންހެނުންނެވެ. އަލް-ރަންތީސީ މަރުވެފައިވަނީ އޭޕްރީލް 2004ގައި އިޒްރޭލުން ދިން ހަމަލާއެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް