އެފްއޭއެމްގެ ރައީސްއަކަށް ޓޮމް ވާދަކުރައްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްއަކަށް ކުރިމަތިލައްވަން މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ނިންމަވައިފިއެވެ. މަޖިލީހުގައި ޓޮމް މަހިބަދޫ ދާއިރާ ތަމްސ...

19 Oct 2023 | 09:13

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްއަކަށް ކުރިމަތިލައްވަން މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ނިންމަވައިފިއެވެ.

މަޖިލީހުގައި ޓޮމް މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެވަނަ ދައުރު ހަމަވާން ދާއިރު، ތިންވަނަ ދައުރަކަށްވެސް ޓޮމް މަޖިލީހަށް ކުރިމަތިލަައްވާނެ ފަދަ އަޑުތަކެއް ފެތުރުނެވެ.

ނަމަވެސް އެފްއޭއެމްގެ ކަންކަން ބޮއްސުންލައި، އެފްއޭއެމްގެ ރައީސްއަކަށް މިހާރު ހުރި ބައްސާމް އަދީލް ޖަލީލް އެ މަގާމުން ދުރުކޮށް، އަންނަ ދައުރުގައި އެހެން މީހަކު އެ މަގާމަށް ގެނައުމަށް ސޯޝަލް މީޑިޔާގައި ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.

އެގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ ބައްސާމް ނޫންގޮތެއް ބޭނުންވާ ކަމަށެވެ. އަދި އެ މަގާމަށް ގާބިލު މީހުންގެ ލިސްޓުގައި އާއްމުން ބޭނުންވާ އެއް ނަމަކީ ޓޮމް އެވެ.

އެކަމާ ގުޅިގެން ޓޮމް މިއަދު ވިދާޅުވީ، ޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުމަށް ޓޮމް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް