އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އިޒްރޭލުގައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިޒްރޭލަށް ގޮސްފިއެވެ. އޭނާ އިޒްރޭލަށް ގޮސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ރިޝީ ސުނާކް އިޒްރޭލަށް ގޮސްފައިވާއިރު އިނގިރޭސިވިލާތަކީ އެމެރިކާއާއެކު އ...

19 Oct 2023 | 07:44

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިޒްރޭލަށް ގޮސްފިއެވެ.

އޭނާ އިޒްރޭލަށް ގޮސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރިޝީ ސުނާކް އިޒްރޭލަށް ގޮސްފައިވާއިރު އިނގިރޭސިވިލާތަކީ އެމެރިކާއާއެކު އިޒްރޭލަށް ވާގިވެރިވާ އަނެއް ގައުމެވެ.

މިހާރު ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގާ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު ގާޒާގައި އިންސާނީ ޒަރޫރީ އެހީއަށް ޖެހި ގާޒާގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ވަނީ ގޮސްފައެވެ.

ހަނގުރާމައަށް 13 ދުވަސް ވެފައިވާއިރު އިޒްރޭލު ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދުވަނީ 3500 އިން މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް