ކުޅުދުއްފުށި ސިޓީ އެއާޕޯޓުގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ހަތަރު މީހަކު ޒަޚަމްވެއްޖެއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ގޮވާފައިވަނީ އެ އެއާޕޯޓުގެ ފަޔަރ ޓްރޭނިންގައި ބޭނުންކުރާ ސިލިންޑަރެކެވެ. އެ ސިލިންޑަރު ގޮވީ ރިފިލް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާ ހިނގީ 11:45 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން، މި ހާދިސާގައި އެއާޕޯޓް ހަތަރު މުވައްޒަފަކަށް ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް