ޕަބްޖީ، ޓެކަން، ފީފާ، ރޭސިންގް ސިމިއުލޭޓާ، ކޮސްޕްލޭ ޗެލެންޖް ފަދަ ފޯރިގަދަ މުބާރާތްތަކާއި އެކު އުރީދޫ ނޭޝަން ގޭމަރސް ލޭންޑް މިއަދު ފަށާނެ!

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު - އޮކްޓޯބަރު 19 ހަވީރު ފަށަން ތައްޔާރުވަމުން އަންނައިރު، މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ގޭމާރސް ލޭންޑް ގެ ހަރަކާ...

19 Oct 2023 | 07:16

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު - އޮކްޓޯބަރު 19 ހަވީރު ފަށަން ތައްޔާރުވަމުން އަންނައިރު، މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ގޭމާރސް ލޭންޑް ގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ގޭމާރސް ލޭންޑަކީ މި ހަފުތާ ބަންދުގައި ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ގޭމިން ތަޖުރިބާއެއް ކުރެވިގެންދާނެ ގޭމިންގް ފެސްޓިވަލެކެވެ. ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ދިއުމަށް ރޭވިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ފުރަތަމަ ދުވަސް - އޮކްޓޯބަރު 19

  • މެންދުރު ފަހު 3:30 އިން ހަވީރު 4:00 އަށް: ގޭމާސްގެ ލޭންޑް ހުޅުވުމުގެ ރަސްމިއްޔާތު
  • ހަވީރު 4:00 އިން 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް ފަށުން
  • ހަވީރު 5:00 އިން 6:00 އަށް: ރޭސިން ސިމިއުލޭޓާ މުބާރާތް ފަށުން
  • ރޭގަނޑު 8:00 އިން 11:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.

ދެވަނަ ދުވަސް - އޮކްޓޯބަރު 20

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް:  100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

ތިންވަނަ ދުވަސް - އޮކްޓޯބަރު 21

  • ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.
  • ރޭގަނޑު 8:00 އިން ރޭގަނޑު 9:00 އަށް: ކޮސްޕްލޭ ޝޯޑައުން
  • ރޭގަނޑު 9:00 އިން 11:00 އަށް: ނިންމުމުގެ ރަސްމިއްޔާތު

މި މުބާރާތްތަކުގައި ރެޖިސްޓަރ ވެގެން ވާދަކުރާ ގޭމަރުންގެ އިތުރުން ގޭމާރސް ލޭންޑް އަށް ޒިޔާރާތް ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ހަރަކާތްތައް މި އިވެންޓްގައި ވަނީ ހިމަނާފައެވެ. އޭގެތެރެއިން:

  • ވީއާރް އެކްސްޕީރިއަންސް ސެންޓަރު: އޮކިއުލަސް ސްޓޭޝަންގައި ވާޗުއަލް ރިއަލިޓީގެ ދުނިޔެއަކަށް ޒިޔާރަތްކޮށް ތަފާތު ގޭމްތައް ކުޅުވޭނެއެވެ. ފަސް މިނެޓަށް އެންމެ 25 ރުފިޔާ އަދި 10 މިނެޓަށް 40 ރުފިޔާއަށް، އޮކިއުލަސް ގެ ގޭމުތައް ތަޖުރިބާކޮށްލެވޭނެ އެވެ.
  • ކްލޯ މެޝިން: އެންމެ 20 ރުފިޔާއަށް ކްލޯ ކޮއިން އެއް ލިބޭއިރު ކްލޯ މެޝިނުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • ކާބޯތަކެތީގެ ސްޓޯލްތައް: ޔޯގާބާރ، ކޮކާކޯލާ، އީޓޫއެސް ފުޑް ސްޓޯލް، ވީއާރް ކެފޭ ސްޓޯލް ފަދަ ސްޓޯލް ތަކުން ތަފާތު ކާބޯތކެތި ވެސް ލިބެން ހުންނާނެއެވެ.

މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް