ދޫނިދޫއާއި ފުނަދުއާއި ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު ރޭގައި ރަސްފަންނާ ދިމާލުން ފިރިހެނަކު މޫދަށް ފުންމާލި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރަސްފަންނާ ދިމާލުން މޫދަށް ފިރިހެނަކު ފުންމާލި ކަމުގެ ރިޕޯޓް ރޭ 7:25 ހާއިރު ލިބުމާއެކު ފުލުހުން ގޮސް ބެލި އިރު މީހާ މޫދުގައި ފެންނަން އޮތުމުން ފުލުހަކު އެމީހާ ސަލާމަތް ކުރަން މޫދަށް ފުންމާލައިގެން މަސައްކަތް ކުރި ކަމަށެވެ.
"ނަމވެސް ފަތާފައި އެމީހާއާއި ހިސާބަށް ދެވުމުގެ ކުރިން އެމީހާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައުލޫމާތު ރޭގައި އެމްއެންޑީއެފް އާއި ހިއްސާކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަކަމަށެވެ.
މިއަދު މީހެއްގެ ހަށިގަނޑު މޫދުން ފެނިފައިވާއިރު އެއީ އެމީހާ ކަމެއް ސީދާ ފުލުހުން އަދި ބުނެފައެއް ނުވެއެވެ. އަދި ފެނުނު ހަށިގަނޑުގެ ޖިންސުވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް