މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެއެވެ.
ފުލުހުން ބުނީ، މި ހަށިގަނޑު ފެނިފައި ވަނީ ދޫނިދޫއާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން ކަމަށެވެ.
އެކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 09:10 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެއީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި، ހަށިގަނޑު ފެނުނުއިރު އޮތީ ނިވާކަންކުޑަކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ، އަދި މިހާރު ހަށިގަނޑު ފެނުނު ހިސާބުގައި ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް