އަރަބިކަނޑުގައި ހުރި ސައިކްލޯނިކް ސެޓަޕުން ލޯ ޕްރެޝަރެއް އުފެދިއްޖެއެވެ.
މި ލޯ ޕްރެޝަރު އިއްޔެ އުފެދިފައިވާއިރު މިއަދުގެ ވަގުތެއްގައި "ވެލް މާކްޑް ލޯ ޕްރެޝަރަކަށް" އެ ލޯ ޕްރެޝަރު ބަދަލުވާނެ ކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެއެވެ.
އަރަބި ކަނޑުގައި އުފެދި ހުޅަނގުން އުތުރު ހުޅަނގަށް ދަތުރުކުރަމުން އަންނަ އެ ސެޓަޕް ކޮޅިގަނޑަކަށް ބަދަލުވެދާނެ ކަމަށް އަންދާޒާކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތަކަށެވެ.
މި ލޯ ޕްރެޝަރު ކޮޅިގަނޑަކަށް އަދި ކޮޅިގަނޑަކުން ތޫފާނަކަށް ބަދަލުވެއްޖެ ނަމަ އެ ތޫފާނަށް ދޭނެ ނަމަކީ، ތޫފާން "ތޭޒް" އެވެ. އެ ނަމަކީ އިންޑިއާއިން ދީފައިވާ ނަމެކެވެ. މާނަ އަކީ "ބާރު ސްޕީޑް" އެވެ.
މި ސަރަހައްދުގައި އެންމެ ފަހުން އުފެދުނު ތޫފާނަކީ ތޫފާން "ބިޕަރްޖޮއި" އެވެ. މި އަހަރުގެ ޖޫން ހައެއްގައި މަރުހަލާތައް ފެށި، އެމަހުގެ 19 ވަނަ ދުވަހު މަރުހަލާތައް ނިމުނު އެ ތޫފާނުގެ އަސަރު އިންޑިއާއާއި ޕާކިސްތާނަށް ކުރިއެވެ. 124 މިލިޔަން ޑޮލަރުގެ ގެއްލުމެއް ދިނެވެ. 17 މީހަކު މަރުވެ 24 މީހަކު ޒަޚަމްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް