ހުއްދަ ދެނީ 20 ލޮރީގެ އިންސާނީ އެހީއަށް – ވެއްދޭނީ ހުކުރު ދުވަހު !

އިސްރޭލުން ހުއްޓުމެއްނެތި ގާޒާއަށް ބޮން އަޅަމުން އަންނައިރު އަދި ގާޒާގެ ހާލަތު އިންތިހާއަށް ގޯސްވެ އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާއިއިރު އެއްބަސްވެވުނީ 20 ލޮރީގެ ޒަރޫރީ އިންސާނީ އެހީ ގާޒ...

19 Oct 2023 | 04:00

އިސްރޭލުން ހުއްޓުމެއްނެތި ގާޒާއަށް ބޮން އަޅަމުން އަންނައިރު އަދި ގާޒާގެ ހާލަތު އިންތިހާއަށް ގޯސްވެ އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާއިއިރު އެއްބަސްވެވުނީ 20 ލޮރީގެ ޒަރޫރީ އިންސާނީ އެހީ ގާޒާއަށް ވެއްދުމަށް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.

މިސްރު ފަޅިން ރަފާ ބޯޑަރު ގޭޓުން އިންސާނީ އެހީ ވެއްދުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ރޭގައި އިޒްރޭލުން އިއުލާނުކޮށްފައިވާއިރު ބައިޑަން ރޭގައި ބުނެފައިވަނީ އެކަމާއި ގުޅޭގޮތުން މިސްރުގެ ރައީސް އަބްދެލް ފައްތާހް އެލް-ސީސީއާއެކު ކުރެވު މަޝްވަރާތަކުގައި 20 ލޮރީގެ އެހީ އެތެރެކުރަން ފުރުސަތު ދޭން އެއްބަސްވެވިފައިވާކަމަށެވެ.

އެ ފުރުސަތު ދޭން ދެ ފަރާތުން އެއްބަސްވި ނަމަވެސް އެކަން ފެށޭނީ ހުކުރު ދުވަހު ކަމަށްވެސް ބައިޑަން ބުނެފައިވެއެވެ. ސަބަބަކީ ބޮން އެޅުމުގެ ސަބަބުން މަގު ހަލާކުވެފައިވުމުން އެކަން ހައްލު ކުރަން ވަގުތު ބޭނުން ވުމެވެ.

މިސްރުން ކުރިން ބުނެފައިވަނީ އެ ފަޅިން އެއްވެސް އިރެއްގައި އެ ބޯޑަރު ގޭޓު ބަންދު ނުކުރާކަމަށާއި އެހެން ނަމަވެސް އިޒްރޭލުން އެ ސަރަހައްދަށްވެސް ބޮން އަޅަމުންދާތީ ގާޒާއާއި ވީ ފަޅިން އޮޕަރޭޓް ކުރުން ހުއްޓިފައިވާކަމަށެވެ.

ކޮންމެއަކަސް ޒަރޫރީ އިންސާނީ އެހީގެ 20 ލޮރީއަށް މާދަމާ ފުރުސަތު ދޭން ނިންމާފައިވާއިރު ގާޒާގެ ހޮސްޕިޓަލުތަކުން ޒަރޫރީ ބޭސްތައް އަންނަނީ ހުސްވަމުންނެވެ. ކަރަންޓު ދިނުމަށް ތެލެއް ނެތެވެ. ފެނާއި ކާބޯތަކެތިވެސް ހުރީ ވަރަށް މަދު ސްޓޮކެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް