އުރީދޫ އެމްފައިސާއިން ތުލުސްދޫ "ޑްރީމް އިން" އަށް ފައިސާ ދެއްކޭގޮތް ހަދައިފި

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ކ. ތުލުސްދޫގައި ހިންގާ "ޑްރީމް އިން" ގެސްޓު ހައުސްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. މިއީ ގެސްޓް ހައުސްއަކަށް އެމްފައިސާއިން ފައިސާ ދެއްކޭ ފުރަތަމަ ފަ...

19 Oct 2022 | 14:11

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ކ. ތުލުސްދޫގައި ހިންގާ "ޑްރީމް އިން" ގެސްޓު ހައުސްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މިއީ ގެސްޓް ހައުސްއަކަށް އެމްފައިސާއިން ފައިސާ ދެއްކޭ ފުރަތަމަ ފަހަރެވެ.

އުރީދޫން ބުނީ އެމްފައިސާއިން ބިލް ދެއްކޭނެ އިންތިޒާމު ހަމަޖެހުމާ އެކު، ޗުއްޓީ ހޭދަކޮށްލަން ޑްރީމް އިން އަށް ދާ މީހުންނަށް ފައިސާ ދެއްކުމުގައި ލުޔެއް ލިބޭނެ ކަމަށެވެ..

މި މަހުގެ ނިޔަލަށް އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުން އެމްފައިސާ މެދުވެރިކޮށް ގެސްޓް ހައުސަށް ފައިސާ ދައްކާ ނަމަ، އޭގެ ފަސް ޕަސެންޓު އަނބުރާ އެމްފައިސާގެ ވޮލެޓަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ގެސްޓް ހައުސްތަކުގައި ވެސް އެމްފައިސާއިން ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް