ބެނާ ނެގުމުން ފުލުހުންނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމައިފި

ހ. ދޫވެހީގައި އިދިކޮޅު ޕީޕީއެމްއިން ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގި މައްސަލައިގަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ. ފުލުހުންނާއި ދެކޮޅަށް މި މަ...

19 Oct 2022 | 13:14

ހ. ދޫވެހީގައި އިދިކޮޅު ޕީޕީއެމްއިން ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގި މައްސަލައިގަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ.

ފުލުހުންނާއި ދެކޮޅަށް މި މައްސަލަ ކޯޓަށް ވެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

މި މައްސަލައިގަ ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ  ދިވެހިރާއްޖޭގެ ހައިކޯޓުން އެ ދައުވާގައި ދައުވާ ކުރާ ފަރާތުން އެދިފައިވާ އެންގުން ބިނާކުރި ކަންކަމާއި މެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. މަތި މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު ކޯޓު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

މީގެ ކުރިން ހައި ކޯޓުން މި މައްސަލައިގަ ކުރި ހުކުމުގައި ބުނެފައިވަނީ ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން ހޯދި ކޯޓު އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. އެއީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

ހައިކޯޓުން އޭރު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކުށަކީ ގާނޫނަކުން މަނާކޮށްފައިވާ ކުށެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް