މަގޫދޫ އެއާޕޯޓު އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ފ. މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް...

19 Oct 2022 | 11:18

ފ. މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ231.5 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އަޅާނެ އެވެ. އަދި ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުމާއި ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހަދާނެ އެވެ.

މީގެ އިތުރުން ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުމާއި ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން (ފެންސް ޖެހުން، ގޭޓް، ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން) ހިމެނެ އެވެ. މި މަޝްރޫއު ގެ ދަށުން ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި ގުރައުންޑް ހޭންޑްލިން އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް އެމްޓީސީސީ ކުރާނެ އެވެ.

މީގެ އިތުރުން މަގޫދޫ ބިން ހިއްކުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މިއަހަރު ޖެނުއަރީ މަހު27 ވަނަ ހަވާލު ކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ10 ވަނަ ދުވަހު އެވެ.

މި މަޝްރޫއުއަކީ207.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް ނިންމަން ދީފައިވަނީ650 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް