މިހާރު ގާއިމުކުރެވޭ ވަސީލަތްތަކުގެ ނަތީޖާ ފެންނަން ހަ އަހަރު ނަގާނެ: މަހުލޫފު

ސަރުކާރުން މިހާރު ގާއިމް ކުރަމުންދާ ވަސީލަތްތަކުގެ ނަތީޖާ ފެންނަން ހަ އަހަރު ނަގާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. މަހުލޫފު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީ...

19 Oct 2022 | 06:55

ސަރުކާރުން މިހާރު ގާއިމް ކުރަމުންދާ ވަސީލަތްތަކުގެ ނަތީޖާ ފެންނަން ހަ އަހަރު ނަގާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަހުލޫފު ވިދާޅުވީ ސަރުކާޜުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ފުޓުބޯޅަ ދަނޑުތައް ހެދުން ކަމަށެވެ. އެގޮތުން ބޮޑެތި ދަނޑުތައް ހެދުމަށް އިސްކަން ދެމުންދާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން އެއްކޮށް ނިމުމަކަަށް އައިސްފައިވާ ކަމަށާއި ފުޓުބޯޅައިގެ ބަދަލުގައި މިނީ ފުޓުބޯޅަ ދަނޑުތަކެއްގައި ކުޅެމުން އަންނަނީ ފުޓްސަލް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް