ޖުމްހޫރީ މައިދާނުގައި އަނެއްކާވެސް ވިނަ އިންދަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އަލުން ވިނަ އިންދަން ފަށާފައިވަނީ ހަލާކުވެފައި ސަރަހައްދުތަކުގައި ކަމަށެވެ. އެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރާ ކަމަށެވެ.
ވިނަ އަލުން އިންދަން ފަށާފައިވާ ސަރަހައްދުތައް ކުރީ ފަހަރުތަކަކެޭ އެއްގޮތަށް އޮތީ ބަންދުކޮށްފައި އެވެ. މިފަހަރު އިންދަނީ ކޮން ގައުމަކުން ގެނެސްފައިވާ ވިނައެއް ކަމެއް ނޭނގެ އެވެ.
https://twitter.com/MaleCitymv/status/1582596597556613120
އެންމެ ފަހުން މާލޭ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގައި އިންދީ އޮސްޓްރޭލިއާއިން އިމްޕޯޓު ކޮށްފައި ހުރި ވިނައެކެވެ. ވިނަ އަލުން އިންދައި މުޅި މައިދާން ފެހި ކޮށްލުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އޭޕްރީލް މަހުއެވެ.
އެ މުއްދަތުގައި ރަނގަޅަށް ވިނަގަނޑު ރީތި ނުވަނީސް ސަރުކާރުން ބޮޑު ޖަލްސާއެއް ބޭނުންވުމުން ކައުންސިލާއި ސަރުކާރާއި ދެމެދު ނުތަނަވަސްކަން އުފެދުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް