އިންޑިއާގައި ޓޮފީ ދީގެން އަށް އަހަރުގެ ކުއްޖަކު ގެންގޮސް ރޭޕްކޮށް މަރާލައިފި

އިންޑިއާގައި އަށް އަހަރުގެ ކުޑަކުއްޖަކު ރޭޕް ކޮށް މަރާލައިފި އެވެ. މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރޭ އުއްތަރްޕްރަދޭޝްގެ އަޒަމްގާހްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ ގެއްލިގެން ފުލުހުން...

19 Oct 2022 | 05:07

އިންޑިއާގައި އަށް އަހަރުގެ ކުޑަކުއްޖަކު ރޭޕް ކޮށް މަރާލައިފި އެވެ.

މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރޭ އުއްތަރްޕްރަދޭޝްގެ އަޒަމްގާހްގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އެރޭ ގެއަށް ނުގޮސްގެން ލަސްވެގެންނެވެ. އެ ކުއްޖާ ފެނުނީ އަވަށުގެ އާންމުންނާއި ފުލުހުން ހޯދަމުން ދަނިކޮށް ގެއެއްގެ ކައިރީގައި މަރާލާފައި އޮއްވަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން22 އަހަރުގެ ލަކްޝްމަން ކިޔާ މީހެކެވެ. އެމީހާ ފުލުހުންގެ ތަހުގީގައި ބުނީ ކުއްޖާ ވަގަށް ނަގައިގެން ގެންދިޔައީ ޓޮފީއެއް ދީގެން ހައްދާލުވުމަށް ފަހު ކަމަށެވެ.

އެމީހާ ވަނީ ކުއްޖާ ރޭޕްކޮށް މަރާލި ކަމަށް އެއްބަސްވެފައި އެވެ. އެކަމަކު މަރާލީ ކިހިނެތް ކަމެއް ނުބުނެ އެވެ.

އެހެންވެ ފުލުހުން ބުނީ ކުއްޖާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށާއި އޭރުން ކުއްޖާ މަރާލި ގޮތް އެނގޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް