އަންނަ ހަފްތާގެ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ މުފްތީ މެންކް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިކަން ހާމަ ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
މިނިސްޓަރު ވިދާޅުވީ އެ ދުވަހު ހުތުބާގެ މައުޞޫއަކީ "ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން" އެވެ. މުސްތީ މެންކް ހުތުބާ ދެއްވާނީ އިނގިރޭސިބަހުންނެވެ.
މުފްތީ މެންކު މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުތަކުގައި އިސްލާމީ މަރުކަޒުގައި ހުކުރު ކުރެއްވި އެވެ. އެއީ2020 ވަނަ އަހަރު އެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28-31 އަށެވެ.
އެ ދަތުރުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީގައި ދަރުސް ދެއްވާނެ އެވެ.
https://twitter.com/AhmedZahirAli/status/1582385582424346625
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް