އިލޮށި މެށުން: އިންޑޮނޭޝިޔާ ކަނބަލުންވެސް ފިސާރި ފޯރީގައި ކުރަމުން އަންނަ ކަމެއް !

ދިވެހިންގެ މެދުގައިވެސް ރުކުގެ ފަނުގެ ފަންވަތުން އިލޮށި މެށުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިހާރު އާދަ ވަނީ މަޑުމަޑުން ފަނޑުވާން ފަށާފަ އެވެ. އެހެންނަމަވެސް މި ކަމަކީ އިންޑޮނޭޝިޔާގެ ކަނބަލުން މ...

19 Oct 2017 | 06:13

ދިވެހިންގެ މެދުގައިވެސް ރުކުގެ ފަނުގެ ފަންވަތުން އިލޮށި މެށުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިހާރު އާދަ ވަނީ މަޑުމަޑުން ފަނޑުވާން ފަށާފަ އެވެ.

އެހެންނަމަވެސް މި ކަމަކީ އިންޑޮނޭޝިޔާގެ ކަނބަލުން މިހާރުވެސް ފޯރީގައި ކުރަމުން އަންނަ އަދި މިކަމުން ބޮޑު އާމްދަނީވެސް ހޯދަމުން އަންނަ ކަމެއް އެގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ.

އެގޮތުން އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދުތަކުގައި މިކަމަކީ އާއްމު ކަމަކަށްވައިރު ގޭގޭގައި ކޮށާރު ހަދައިގެން ގިނަ އަދަދަކަށް އިލޮށި މެށުމަށްފަހު އެތަކެތި ގަނޑުކޮށް ވިއްކާ އުޅެ އެވެ. ވިއްކަނީ ރިސޯޓް ތަކަށާއި އިލޮށިން ތަކެތި އުފައްދާ މީހުންނަށެވެ.

ރިސޯޓުތަކުން އިލޮށި ގަންނަނީ ތަންތަން ޒީނަތްތެރި ކުރުމަށެވެ. އިލޮށިން ތަކެތި އުފައްދާ މީހުން އިލޮށި ބޮނޑި ބޮނޑި ގަންނަނީ އިލޮށި ބޭނުންކޮއްގެން ޓުކުރިއާއި ވަށިގަނޑާއި ތޮފި އަދި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު އުފެއްދުމަށެވެ. މީގެ އިތުރުން އިލޮށި ފަތި ހެދުމަށްފަހު ކުނިކެހުމުގައި ބޭނުން ކުރުމަށް އިލޮށި ފަތި ވިއްކުމަކީވެސް އިންޑޮނޭޝިޔާގެ އަންހެން ކަނބަލުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަންވެސް އިންޑޮނޭޝިޔާގެ ނޫސްތަކުގައި ފާހަގަ ކޮށްފައި ވެ އެވެ.

މަށާފައި ހުންނަ އިލޮއްޓަށް ނުވަތަ އިލޮށި ފައްޗަށް އިންޑޮނޭޝިޔާ ބަހުން ކިޔާ އުޅެނީ ސަޕޫ ލިޑީ އެވެ.

https://www.youtube.com/watch?v=7lWZDcJF-xc

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް