ޖަންގަލީގަައި ރޯވެ ގިނަ ބަޔަކު މަރުވުމުން ޕޯޗުގަލް ވަޒީރަކު އިސްތިއުފާ ދެއްވައިފި

ޕޯޗުގަލްގެ ޖަންގަލިތަކުގައި އެކި ފަހަރު މަތިން އަލިފާންރޯވެ 106 މީހަކު މަރުވުމާއި ގުޅިގެން އެގައުމުގެ ދާހިލީ ވަޒީރު އުރުބަނޯ ދު ސޫޒާ އިސްތިއުފާ ދެއްވައިފިއެވެ. ކުއްލި ހާލަތްތަކާއި ހަވާލުވެ ހުރި އުރުބަ...

19 Oct 2017 | 04:02

ޕޯޗުގަލްގެ ޖަންގަލިތަކުގައި އެކި ފަހަރު މަތިން އަލިފާންރޯވެ 106 މީހަކު މަރުވުމާއި ގުޅިގެން އެގައުމުގެ ދާހިލީ ވަޒީރު އުރުބަނޯ ދު ސޫޒާ އިސްތިއުފާ ދެއްވައިފިއެވެ.

ކުއްލި ހާލަތްތަކާއި ހަވާލުވެ ހުރި އުރުބަނޯ ދު ސޫޒާގެ އިސްތިއުފާ ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިޔޯ ކޮސްޓާ ގަބޫލުކުރެއްވިކަން އެގައުމުގެ ސަރުކާރުން ވަނީ އިއުލާނުކުރައްވާފައެވެ.

އެގައުމުގެ ސަރުކާރުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ އިސްތިއުފާ ސިޓީގައި އުރުބަނޯ ދު ސޫޒާ ބުނެފައިވަނީ މި އަހަރުގެ ޖޫންމަހު ޖަންގަލިތަކުގައި ރޯވެ 64 މީހަކު މަރުވި ހާދިސާއާއި ގުޅިގެން އިސްތިއުފާދެއްވަން ބޭނުންވިކަމަށާއި އެހެން ނަމަވެސް ބޮޑު ވަޒީރުގެ އެދިލެއްވުމުގެ މަތިން މަގާމުގައި މަޑުކުރައްވަން ނިންމެވީކަމަށެވެ. އެހެން  ނަމަވެސް މި މަހުގެ ޖަންގަލީގެ އަލިފާނުގެ ހާދިސާގައި 42 މީހަކު މަރުވުމާއި ގުޅިގެން އިސްތިއުފާދެއްވުމަށް އަލުން ހުށައެޅުއްވީކަމަށެވެ.

ޖަންގަލީގައި ރޯވާ އަލިފާނުގެ ހާދިސާތަކުގައި އެދެވޭ ފިޔަވަޅުތަކެއް ނޭޅި ގިނަބަޔަކު މަރުވެފައިވާތީ އުރުބަނޯ ދު ސޫޒާ އިސްތިއުފާ ދިނުމަށް ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ބާރު އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް