ދިރިއުޅުމުގައި ލޯބި ދަމަހައްޓާނީ ކިހިނެއް؟

"ދިރިއުޅުމުގައި ލޯބި ދަމަހައްޓާނީ ކިހިނެއް؟"ގެ ފުރަތަމަބައިގައި ގެނެސްދީފައިވާނީ އަންހެނުންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމެވެ. ދެވަނަބައިގައި ގެނ...

19 Oct 2017 | 03:58

"ދިރިއުޅުމުގައި ލޯބި ދަމަހައްޓާނީ ކިހިނެއް؟"ގެ ފުރަތަމަބައިގައި ގެނެސްދީފައިވާނީ އަންހެނުންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމެވެ. ދެވަނަބައިގައި ގެނެސް ދޭނީ ފިރިންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކާއި ކުރެވިދާނެ ކަންކަމެވެ.

އަނބިމީހާވެސް ބުރަކޮށް މަސްކަ ތް ކުރާކަމަށް ޤަބޫލު ކުރުން

އެހެނީ ކަމެއް ރަނގަޅު ކުރެވޭނީ ކަމެއް ޤަބޫލުކޮށްގެންނެވެ. ހަ ޤިގަ ތުގައި އަނބިންނަކީ ފިރިންނަށް ވުރެ ދެގުނަ އިތުރައް މަސައްކަތް ކުރަންޖެހޭ ބައެކެވެ. ޚާއްސަކޮށް ދަރިން ތިބިނަމަ މިދެގުނަ ތިންގުނަ ނުވަތަ ހަތަރު ގުނައަށްވެސް ބަދަލުވެދެއެވެ. ފިރިން ޤަބޫލު ކުރަންވީ ބުރަކޮށް މަސައްކަތްކޮށް ކަންކަމާ ހާސްވެ ކަންބޮޑުވަނީ ތިމާމެން އެކަނިނޫންކަމެވެ. އަންހެނުން މިކަންކަން ފާޅުކުރާލެއް ކުޑައީކަމަށްވެސް ވެދާނެއެވެ. މިކަންކަން އެނގޭ ފިރިންނަށް އެމީހުންގެ އަނބިންނަށް އަޅާލުމަށް ފަސޭހަވާނެއެވެ. އަދި ދެމީހުންގެ މެދުގައި ހަމަނުޖެހުން އުފެދުން މަދުވާނެއެވެ.

އަބިންނަކީ އަޅުން ކަމުގައި ނުވިސްނުން

ނޭންގިނަމަވެސް ގިނަ ފިރިންނަށް މިހެން ވިސްނެއެވެ. ނުވަތަ މިހެން އަނބިމީހާއަށް އިހުސާސުވާނޭހެން ޢަމަލުކުރެވެއެވެ. ޤަބޫލު ކުރަންޖެހޭ ޙަޤީގަތަކީ އަނބިންނަކީ ތިމާގެ ޚިދުމަތުގައި ތާއަބަދު ތިބެންޖެހޭ ބައެއް ނަމަވެސް އެއީ ތިމާގެ އަޅެއްނޫންކަމެވެ. އެއީ ތިމާއާ ހަވާލު ކުރެވިފައިވާ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. އަނބިމީހާއަށް ނުކުރެވޭ ވަރަށް މަސައްކަތް ނުޖައްސާށެވެ. ތިބާވެސް އަނބިމީހާގެ މަސައްކަތްތަކުގައި އެހީވާށެވެ.އަނބިމީހާއަށް ވީހާވެސް ލުއިކޮށްދޭށެވެ.

ދަރިންނަކީ އަނބިމީހާއެކަނި ބަލަން ޖެހޭ ބައެ އް ކަމަށް ނުދެކުން

މާތް الله އިންސާނުންނަށް ދަރިން ދެއްވީ އަމާނާތެއްގެ ގޮތުގައެވެ. ކޮންމެ ކުއްޖެއްގެވެސް މަންމައަކާއި ބައްޕައެއް ހުންނާނޭހެން ތަދުބީރު ކުރައްވާފައިވަނީ ދަރިން ބެލުމުގެ މަސްއޫލިއްޔަތަކީ ދެމީހުންގެވެސް ވާޖިބަކަށްވާތީއެވެ. ދަރިފުޅުބެލުމަކީ ހަމައެކަނި ޚަރަދުކުރުމާއި، ސުކޫލަށް ލާންގޮސް ބަލައި ދިޔުމެއްނޫނެވެ. މިސާލަކަށް ދަރިފުޅަށް ކާންދިނުމާއި ނެޕީ ބަދަލު ކުރުވުންވެސް ހިމެނޭނެއެވެ.

އަނބިމީހާއާއި ވާހަ ކަދެއްކުމާއި އޭނާއަށް ސަމާލުކަން ދިނުން

ކިތަންމެ ދެކޮޅުހެދިނަމަވެސް ކޮންމެ އަންހެނަކީވެސް ނުލާހިކު ބޮޑަށް ސަމާލުކަން ބޭނުންވާބައެކެވެ. ވީމާ އޭނާ ބޭނުންވާވަރަށް އޭނާއަށް ސަމާލުކަން ދޭށެވެ. ހަމައެކަނި ތިމާގެ ދުވަހުގެ ވާހަކަތައްނުދައްކައި އޭނާގެ ދުވަސްވެސް ކިހިނެއްތޯ އަހާލާށެވެ. އޭނާ ދައްކާ ވާހަކަތައް ގިނަވެފައި އެއްވާހަކަ ތެރެއިން އަނެއްވާހަކަ ދެއްކިޔަސް އަޑުއަހާށެވެ. ހަމައެކަނި އަޑުއެހުމެއްނޫނެވެ. ޖަވާބުވެސްދޭށެވެ. ކޮންމެ މީހަކުވެސް ވާހަކަ ދައްކާއިރު އަނެކާގެ މޫނު މަތީގެ ކުލަވަރަށްވަނީ ކިހިނެއްތޯ ބަލާނެއެވެ. އަންހެނުންގެ މޫނުން ކުލަވަރެއް ނުފެނުމުން ފިރިން ދެރަވާގޮތަށް ފިރިމީހާގެ މޫނު މަތިން ކުލަވަރެއްނެތި ހަމައެކަނި ވާހަކަ އަޑުއަހަން އޮތުމުން އަނބިމީހާއަށް ޤަބޫލު ކުރެވޭނީ އޭނާ ދައްކާ ވާހަކަ އަޑުނާހާކަމަށެވެ. ވީމާ އޭނާގެ ވާހަކަތަކަށް އަބަދުވެސް ސަމާލުކަންދޭށެވެ.

ތަޢުރީފުކުރުން

ސަމާލުކަމަށް ލޯބިކުރާ ފަދައިން އަންހެނުން ތަޢުރިފަށްވެސް ލޯބިކުރެއެވެ. އަނބިމީހާއަށް އަންނަ ކުދިކުދި ބަދަލުތައްވެސް ފާހަގަ ކުރަން އާދަކުރާށެވެ. ހިކުނުތޯއެވެ. ފަލަވިތޯ އެވެ. ނުވަތަ އިސްތަށިގަ ނޑު ކޮށާފައިވޭތޯއެވެ. ނުވަތަ އިހަށްވުރެ މޫނު މިހާރު ތާޒާވެ ރީތިވެފައި ވޭތޯއެވެ. މިކަންކަން ފާހަގަކުރަން ނޭންގޭނަމަ އޭނާގެ ޢަމަލުތަކަށް ސަމާލުކަންދޭށެވެ. މިސާލަކަށް އާފުށެ، ފައުންޑޭޝަނެއް ނުވަތަ މޫނު ދޮންނަ ފުޅިއެއް ގަނެފައި ހުރެދާނެއެވެ. އޭރުން އޭނާގެ މޫނަށް އައިސްފައިވާ ބަދަލެއް ފެނޭތޯބަލާށެވެ. ލޯގަ ނޑުކުރިމަތީ އަރި އަރިއަށް ހުރެ އުނަގަ ނޑުގައި އަތް އަޅުވާލާނަމަ އެނާ ހިކުނިތޯ ބަލާލާށެވެ. ނުވަތަ ބަ ނޑުގައި އަތްލައި ނޭވާ ދަމައި ހަދާނަމަ އިހުނަށްވުރެ ފަލަވީތޯ ބަލާލާށެވެ. މިގޮތަށް އަނބިމީހާގެ ޢަމަލުން އޭނާއަށް އައިސް ފައިވާ ބަދަލެއް ބަލައި ތަޢުރީފު ކޮށްލެވިދާނެއެވެ. ނުވަތަ ތިމާއަށް ކަމުދާ ހެދުމެއްގައި ހުރިނަމަ އެވާހަކަ ބުނެލާށެވެ. ކޮންމެ ހެން އެ އްފަހަރު ބުނެލައިގެން ފުއްދާލާކަށް ނުޖެހޭނެއެވެ. އޭނާ އެހެދުން ލާ ކޮންމެ ދުވަހަކުވެސް ބުނެލުން ރަނގަޅެވެ.

 ޝުކުރުއަ ދާކުރުން

ކުރިންވެސް ބުނިހެން އަންހެނުން ނަކީ ގިނަފަހަރަށް ފިރިހެނުންނަށް ވުރެ މާގިނަ މަސައްކަތްތަށް ކުރާ ބައެކެވެ. ވީމާ އޭނާ ތިމާއަށާއި ތިމާގެ ދަރިންނަށް ކޮށްދޭ ކަންކަމަށް ޝުކުރު އަދާކުރާށެވެ. ނުވަތަ ތިމާގެ ހަޔާތުގެ ބައިވެރިޔާކަމުގައި ވީތީ ޝުކުރު އަދާކުރާށެވެ. ކޮންމެ ދުވަހެއް ނިންމައިލައި ނިދަންދާއިރު މިހެން ބުނެލުން ކީއްހެއްޔެވެ؟ އޭނާގެ މަސައްކަތްތަށްވެސް އަގުވަޒަން ކުރާކަން އޭރުން އޭނާއަށް އިހުސާސް ކޮށްދެވޭނެއެވެ.

 އޭނާއަށް ވެސް ޗުއްޓީ ދުވަހެއްދޭށެވެ

ތިބާއަށްވެސް އޮފްޑޭ ލިބޭ ނޫންހެ އްޔެވެ؟ އެކަމަކު އަނބިމީހާއަށް އޮފްޑޭއެއް ލިބޭ ހެއްޔެވެ؟ ނޫނެކެވެ. ތިހެން ނުވިސްނާށެވެ. އެމީހުންނަށްވެސް އޮފްޑޭއެއް ބޭނުންވާނެއެވެ. ވިސްނައިލާށެވެ. ބޭނުން އިރަކު ރައްޓެހިންނާއެކު ކޮފީތަކަށާއި ތަންތަނަށް ތިބާއަށް ދެވެއެވެ. ނަމަވެސް ނަގަން ޖެހިފައިވާ ޒިންމާތަކާ ހެދި އޭނާއަށް އޭނާގެ ރައްޓެހިންނާއެކީ މަޖާކޮށްލަން އެންމެ ދުވަހަކުވެސް ނުވަތަ އެންމެ ރެއަކުވެސް ދެވޭ ހެއްޔެވެ؟ އޭނާއަށްވެސް އެފުރުސަތުދޭށެވެ. އަންހެނުންނަކީ ގޭތެރޭ ތިބޭ ބައެކޭ ބުނެ އޭނާއަށް ލިބޭނެ އެކުޑަ މިނިވަންކަންވެސް ނަގައިނުލާށެވެ.

ހަދިޔާދިނުން

ކޮންމެ މީހަކުވެސް އޭނާ ލޯބިވާ މީހެއްގެ ފަރާތުން ލިބޭ ހަދިޔާއަކަށް ލޯބިކުރާނެއެވެ. ދޭތެރެއަކުން އޮފީހުން އަންނަމުން އޭނާއަށް ކުޑަ ނަމަވެ ސް ހަދިޔާއެއް ގެނަސްދޭށެވެ. އޭނާ ވެފައިވާ ވަރުބަލިކަން ހަނދާންނެތޭހާވެސް އުފާވާނެއެވެ. ކޮންމެ ދިރިއުޅުމެއްވެސް އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް ހެދޭނީ ދެމީހުންވެސް ހުރިހާ ކަމެއްގައިވެސް ޚިއްސާވެގެންނެވެ. އެކަކު އަނެކަކާމެދު އަބަދުވެސް ވިސްނައިގެންނެވެ. ގިނަ ޤުރުބާނީ ތަކެއްވެގެންނެވެ. ދެމީހުންވެސް ހަމައެކަނި ދަރިންނާއި ކައިވެންޏަށްޓަކައި ދިރިއުޅުމުގެ ބަދަލުގައި ދެމީހުން ދެމީހުންނަށްޓަކައިވެސް ދިރިއުޅެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް