މިއަދުވެސް ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. ފުލުސް އޮފީހަށް ހާޒިރުވާން އެ...

19 Oct 2015 | 13:49

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން ޒިއަތު މިއަދު ފުލުސް އޮފީހަށް ހާޒިރުވީ 2:30 ހާއިރު އެވެ. އެނބުރިވަޑައިގަތީ ހަވީރު 5:00 ހާއިރު އެވެ.

މިއަދުވެސް ޒިޔަތު ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެއީ ކޮން މައްސަލައެއްކަން ހާމަކުރެވެން ނެތް ކަމަށެވެ.

ދެ ފަހަރެއްގެ މަތިން ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ފުލުހުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ޒިޔަތު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރުމަށްފަހު އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަނީ ވެލާނާގޭ ހަތަރުވަނަ ފަންގިފިލާގައި ހުންނަ އެމްއެމްޕީއާރުސީގެ އޮފީސް ފާސްކޮށް އެ އޮފީހުންވެސް ބައެއް ތަކެތި ގެންގޮސްފަ އެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށްފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް