މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ މަސްތުވާތަކެތީގެ ބާވަތެއް ފާރައިގެ އެހީގާ އަތުލައިގެންފި

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ފާރައިގެ އެހީކަރި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މިހާތަނަށް ރާއްޖެއިން ފެނިފައިނުވާ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް އަތުލައިގެންފި އެވެ. މިއަދު އިސްކަންދަރު ...

19 Oct 2015 | 13:31

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ފާރައިގެ އެހީކަރި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މިހާތަނަށް ރާއްޖެއިން ފެނިފައިނުވާ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް އަތުލައިގެންފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، "ފްލައްކާ ޑްރަގްސް"ގެ ނަމުން ނަންދީފައިވާ އެ ބާވަތް އަތުލައިގެންފައި ވަނީ އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް، ފާރަގެމައިގެ އެހީގައި ކަމަށެވެ.

ޝިފާން ވިދާޅުވީ އެތަކެތި އަތުލައިގަތީ ބަންގްލަދޭޝް އިން ސްރީލަންކާ މަގުން ރާއްޖެއަށް އައިސްފައިވާ ބަންގްލަދޭޝް މީހެއްގެ ދަބަހުން ކަމަށެވެ. އަދި އެމީހާގެ އަތުން ފެނިފައިވަނީ "ފްލައްކާ ޑްރަގްސް"ގެ 200 ގްރާމު ކަމަށާއި އޭގެ ނުރައްކާތެރިކަމުން އެމެރިކާ ހިސާބުގައި އެއަށް ކިޔައިއުޅެނީ "ޒޮމްބީ" ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ އެ ޑްރަގް ބޭނުންކުރުމުން ކަށިތައް ފީވުމާއި، ޑްރަގްގެ އެހެން ބާވަތްތަކާ ޚިލާފަށް އެއަށް އޯވަޑޯސް ވެއްޖެނަމަ ފުރާނައަށް ނުރައްކާވާކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް