ޔާމީންގެ ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމަށް މިހުރީ ސާބިތު ކަމާއެކު: ގާސިމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމަށްޓކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ސާބިތު ކަމާއެކު ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއ...

19 Oct 2015 | 05:10

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމަށްޓކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ސާބިތު ކަމާއެކު ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އަސުރުމާ ޕޭޖަށް ދީފައިވާ ވީޑިއޯ އިންޓަވިއެއްގައެވެ.

"mi sarukaaruge dhifaaugai Raees Yameen vidhaalhuvi konmme kameh kuran alhugandu mihury thayyaarah" - Qasim Ibrahim Posted by Asurumaa on Sunday, October 18, 2015

އެ އިންޓަވިއުގައި ގާސިމް ވިދާޅުވެފައިވަނީ ގައުމުގެ ވެރިޔަކަށް އަމާޒުކޮށް ހަމަލާއެއްދީ ފުރާނަފުޅަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެމަނިކުފާނު ބޭނުން ނޫން ކަމެއް ކަމަށާއި އެއީ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައިވެސް ގާސިމް ވިދާޅުވެފައި ވެ އެވެ.

ގާސިމް ވިދާޅުވެފައިވަނީ ހަމަލާއާއި ގުޅިގެން ރައީސް ޔާމިނާއި ސަރުކާރާއި މެދުގައި ހިތްޕުޅުގައި ވަރަށް ބޮޑު އިހުލާސްތެރި ޝުއޫރުތަކެއް އެބަހުރި ކަމަށާއި މި ސަރުކާރަކީ އެމަނިކުފާނުގެ ތާއީދާއެކު ހޮވުނު ސަރުކާރެއް ކަމަށެވެ. އަދި އެހެންކަމުން ރައީސް ޔާމީނާއި މި ސަރުކާރުގެ ގާނޫނީ ބާރު ގެއްލިގެންދާން ބޭނުންފުޅު ނުވާ ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް